ވޯލްޑްކަޕް: ސްޓޭޑިއަމް ކުރިމަތީގައި ކައިބޮއި ހެދުން ހުއްދަކޮށްފި

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ފުތްބޯޅަ މުބާރާތުގައި ސްޓޭޑިއަމް ކުރިމަތީގައި ޓެންޓް ޖަހައިގެން ތިބެ ކެއިންބުއިން ފީފާއިން ހުއްދަ ކޮށްފި އެވެ.
އެމެރިކާގެ ބޮސްޓަންގެ ވޯލްޑްކަޕް އޮގަނައިޒިން ކޮމިޓީން ބުނީ ކުރިން މަނާކޮށްފައި އޮތް މިކަން މިހާރު ފީފާއިން ހުއްދަ ކޮށްފައިވާ ކަމަށެވެ. މިހެންވެ ބޮސްޓަންގެ ޖިލެޓް ސްޓޭޑިއަމުގެ ކުރިމަތީގައި ސަޕޯޓަރުން އެއްވެ ކައިބޮއި އުޅުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.
ނަމަވެސް ޓެންޓް ޖަހައިގެން ތިބެ ކާބޯތަކެތި ވިއްކުން ފަދަ ކަންކަމަށް އޮތް ޖާގަ ވަނީ ކުޑަކޮށްފަ އެވެ. ސަބަބަކީ ޕާކިން އަށް ޖާގަ ބޭނުން ވުމާއި މުބާރާތުގެ އިންތިޒާމްތަކަށް ދަތިވެދާނެތީ އެވެ. އާއްމުކޮށް ސްޓޭޑިއަމްތަކުގެ ބޭރުގައި ޓެންޓް ޖަހައިގެން ކާބޯތަކެތި ވިއްކުމާއި ކެއިން ބުއިމަކީ އެމެރިކާ މީހުން އާއްމުކޮށް ކުރާ ކަމެކެވެ. މިހެންވެ ލޯކަލް އޮގަނައިޒިން ކޮމިޓީން ބުނީ ފީފާއިން މިކަން ހުއްދަ ކުރުމުން ދެން މިކަމުގައި އަމަލު ކުރާނީ އާއްމުކޮށް އެމެރިކާގައި ބާއްވާ މުބާރާތްތަކުގައި ކަންކުރާ އުސޫލުން ކަމަށާއި އެންމެނަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށާނީ ޖޫން 11ގަ އެވެ. މިއީ 48 ޓީމު ބައިވެރިކޮށްގެން ކުޅޭ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ