ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ހިތަދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފިއެވެ.
ސްޓެލްކޯގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޑރ. އަޒްވަރު ވަނީ ކުންފުނީގެ އިސް އެތައް މަޤާމުތަކެއް ފުރުއްވާފައެވެ. މީގެ ތެރޭގައި ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަޤާމާއި، ކަސްޓަމަރ ސާވިސަސް ޑިޕާޓްމަންޓާއި ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަޤާމު ހިމެނެއެވެ. އަދި ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓާއި ރީޖަނަލް ޑިޕާޓްމަންޓުގައިވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ޑރ. އަޒްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ