ފުލުހުންގެ ބެލުމުގެދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި
މަސްތުވާތަކެތި ނައްތާލުމުގެ އުސޫލަށް އެންމެ ފަހުން ގެނައި ބަދަލުތަކާއެކު، މައްސަލަތަކުގެ ތަހުގީގަށް ގާނޫނީގޮތުން ބަހައްޓަންޖެހޭ މިންވަރު ބެހެއްޓުމަށްފަހު، ބާކީ ހުންނަ ތަކެތި ލަސްނުކޮށް ނައްތާލުމަށް ފުލުހުން މިހާރު ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. މިއީ މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި މިފަދަ ތަކެތި ގިނަދުވަހު ހުރުމުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ