ލަންޑަން (ޖެނުއަރީ 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސައިޕްރަސްގެ ޕަފޯސް އަތުން 1-0 އިން ޗެލްސީ މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ކޯލް ޕާމާ ނުކުޅުނީ، ކުޑަ އަނިޔާއެއްގައި ހުރުމުން ކަމަށް ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ ބުނެފި އެވެ.
މޮއިސަސް ކައެސޭޑޯ، މެޗުގެ ފަހު ކޮޅުގައި ޖެހި ހަމައެކަނި ގޯލުން ރޭ ޗެލްސީން ޕަފޯސް އަތުން މޮޅުވިއިރު، މި މެޗަށް ފަހު އެ ޓީމުގެ ކޯޗު ރޮސެނިއާ އަށް ވަނީ ޕާމާއާ ގުޅޭގޮތުން ސުވާލުތަކެއް އަމާޒުވެފަ އެވެ. މެޗުގެ ކުރިން ތަފްސީލީ ގޮތެއްގައި ޕާމާގެ ސުވާލުތަކަށް ޖަވާބު ނުދިން ކަމުގައި ވިޔަސް، މެޗަށް ފަހު ރޮސެނިއާ ވަނީ އެ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
"ކޯލް (ޕާމާ) ދެން ހަމަ ކިރިޔާ މި މެޗު ގެއްލިފައި އިނީ، ހޮނިހިރު ދުވަހުގެ މެޗަށް (ލީގުގެ މެޗަށް) ރަނގަޅުވާނެ. ކުޑަކުޑަ އަނިޔާގެ ކަމެއް އުޅެނީ. ވަރަށް ކުޑަ އަނިޔާއެއް، ހީވަނީ، ވަރުބަލިކަމާ ގުޅިފައި އިން އަނިޔާއެއްހެން. އަހަރެމެން ބޭނުން ހާއްސަކޮށް މުހިންމު ކުޅުންތެރިން ސީޒަނުގެ މި ހިސާބުގައި ފިޓްކޮށް ބަހައްޓަން،" ރޮސެނިއާ ބުންޏެވެ.
މި ސީޒަނުގަައި ޕާމާ އަށް ވަނީ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ހެދި ދެ މަހަށް ވުރެން ގިނަ ދުވަސް ގެއްލިފަ އެވެ.
ޗެލްސީން ވިސްނަނީ ސީޒަނުގެ މުހިންމު ބަޔަށް ޕާމާ ފިޓްކޮށް ބަހައްޓަން ޗެލްސީން ވިސްނަނީ ސީޒަނުގެ މުހިންމު ބަޔަށް ޕާމާ ފިޓްކޮށް ބަހައްޓަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ