ވިލާ ކޮލެޖުން އޭލެވެލް ނަތީޖާއަށް ބަލައި ވަގުތުން ކޯހަށް ނަގަނީ

އޭލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް، އެ ކުދިންގެ ނަތީޖާއަށް ބަލައި ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން ނުވަތަ އޮފާ ލެޓާ ދޫކުރުމާއި އެޕްލިކޭޝަން މަރުހަލާ ފުރިހަމަކުރުމަށް އެހީތެރިވެދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ވިލާ ކޮލެޖުން ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މި ހިދުމަތް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުން ހެނދުނު 9 އިން ރޭގަނޑު 10އަށް ލިބޭނެ އެވެ.
ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުން، ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލާއި އައިޑީ ކާޑު ހިފައިގެން ކޮލެޖަށް ދިއުމުން އެ ހިދުމަތް ލިބޭނެ އެވެ.
ތަފްސީލް - ދަރިވަރުންނަށް ލިބޭނެ އެހީތެރިކަމުގެ ތެރޭގައި:
ކެރިއާ ގައިޑެންސް - ދަރިވަރުގެ ނަތީޖާ އާއި ޝައުގުވެރިކަން ހުރި ދާއިރާއާ ގުޅޭ ގޮތުން ތަޖުރިބާކާރު ކައުންސިލަރުންގެ އިރުޝާދު 
އެޕްލިކޭޝަން އެހީތެރިކަން - ކޯހަށް އެދޭ ފޯމު ފުރުމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި ކޮލެޖުން އެހީތެރިވެދޭނެ
ވަގުތުން އޮފާ ލެޓާ ދޫކުރުން - ހުށަހަޅާ ލިޔެކިޔުންތައް ބަލައި ޗެކްކުރުމަށް ފަހު، ކޯހުގެ ޝަރުތު ހަމަވާ ދަރިވަރުންނަށް ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން ހަވާލުކުރާނެ
ވިލާ ކޮލެޖުގެ މި މަހުގެ އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސްއާ ހަމައަށް 100އަށް ވުރެ ގިނަ ކޯސްތަކަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މީގެ ތެރޭގައި، ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ޑިގްރީ ކޯސްތައް ހިމެނެ އެވެ.
މި އިންޓޭކްގައި ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި:
އައިޓީ އަދި ކޮމްޕިއުޓަރު ސައިންސް 
ނާސިން 
ބިޒްނަސް 
އިންޖިނިއަރިން 
ލޯ އަދި ޝަރީއާ 
ސައިކޮލޮޖީ
ޓޫރިޒަމް
ފާހަގަކޮށްލެވޭ - އޭލެވެލް ނަތީޖާ ދަށްވި ނަމަވެސް، ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމްތައް މެދުވެރިކޮށް ޑިގްރީއާ ހަމައަށް ވާސިލުވުމުގެ މަގު ވެސް ވަނީ ފަހިކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ