އަނަންތާއި ރާދިކާ، 50 ސެކިއުރިޓީ އޮފިސަރުންނާ އެކު ރާއްޖޭގައި
އިންޑިއާގެ އިތުރުން އޭޝިއާގެ ވެސް އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީއާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ. ފަތުރުވެރިކަމާ ގުޅޭ އިދާރާގެ ޚަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސްގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އަނަންތާއި އަންހެނުން ރާދިކާ ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން އަނަންތުގެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ. އަނަންތާއި ރާދިކާ ރާއްޖެއަށް ކުރި މި ދަތުރުގައި އެ ދެމަފިރިންގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް އެކީގައި 50 ސެކިއުރިޓީން ގެނައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ހަމައެއާއެކު މި ދެމަފިރިންނަށް ޚާއްސަ ދެ ސީޕްލޭން ވެސް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި އަބަދުވެސް ތައްޔާރަށް ބަނދަރުކޮށްފައި އޮންނަ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ. އަނަންތުގެ އަންހެނުން އަދި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ވިރެން މާޗެންޓްގެ ދަރިފުޅު ރާދިކާ މާޗަންޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--ފޮޓޯ/އިންސްޓަގްރާމް މި ދެމަފިރިން ޕްރައިވެޓް ޖެޓެއްގައި ރާއްޖެއަށް ދަތުރުކުރިއިރު، ރާދިކާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭ ހިމެނޭ މުކޭޝް އަމްބާނީގެ އާއިލާގެ މެންބަރުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް އެ އާއިލާގެ ބައެއް މެންބަރުން ރާއްޖެ ޒިޔާރަތްކުރިއިރު އަނަންތު ވަނީ ނޮވެންބަރު 2024ގައި ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގައި އަނަންތު ވަނީ ހދ. މަކުނުދޫއަށް ޒިޔާރަތްކޮށް އެނބުރި އިންޑިއާއަށް ގެންދިއުމުގެ ބޭނުމުގައި އެ ރަށުން ކުކުޅަކާއި މުސަޅެއް ގަނެފައެވެ. އެ ދަތުރުގައި އަނަންތުގެ ދެމަފިރިން ޗުއްޓީ ހޭދަކޮށްފައިވަނީ މަކުނުދޫ ކައިރީގައި އޮންނަ ސޮނެވާ ސީކްރެޓްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ