ހޮނިހިރު ދުވަހު ފޭސް ދޭކުން ކަރަންޓު ކެނޑިދާނެ
ކަރަންޓުގެ މަސައްކަތެއް ކުރުމަށް ހޮނިހިރު ދުވަހު ހުޅުމާލޭގެ ފޭސް2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރަނީ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ކަމަށެވެ.ސްޓެލްކޯ އިން ބުނީ ހޮނިހިރު ދުވަހު ހިޔާ ޓަވަރު އެކަކުން އަށަކަށް ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި ޓަވަރު ނުވައަކުން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ