މިއަދުގެ ބައި އިލެކްޝަންގައި ޕީއެންސީގެ ކާމިޔާބީން, ރައީސް މުޢިއްޒުގެ ސަރުކާރަށް އޮތް ތާއީދު ދައްކުވައިދޭ: މެމްބަރު އަލީ އިބްރާހިމް

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ޕީއެންސީން ހޯދި ކާމިޔާބީ އިން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކުވައިދޭކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އިބްރާހީމް (ކައްޕި) ވިދާޅުވެއްޖެއެވެ. 
މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ހުސްވެފައިވާ 3 ގޮނޑިވެސް ކާމިޔާބުކޮށްފައެވެ.
މިކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގެންފިކަމުގެ ހެއްކެއް ކަމަށެވެ.
Advertisement
އަލީ އިބްރާހީމް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން މި ބައި އިލެކްޝަނުން ދައްކުވައިދިނީ ޑރ. މުޢިއްޒުއަށް ރައްޔިތުންގެ އިތުބާރު އޮތްކަމެވެ. އަދި މި ބައި އިލެކްޝަން ކާމިޔާބުކުރެއްވި 3 ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާ، ވަކިން ޚާއްސަކޮށް އެމަނިކުފާނުގެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ފާތިމަތު ޝައުފާ ސަލީމްއަށް މަރުޙަބާ ދެންނެވިއެވެ.
އަލީ އިބްރާހީމް އިތުރަށް ވިދާޅުވީ ތަރައްޤީއާއި ކުރިއެރުން އަދި ސިޔާސީ ހަމަޖެހުން އިސްކޮށް، ޕީއެންސީއަށް ވޯޓު ދެއްވި ދާއިރާގެ އެންމެހާ ބޭފުޅުންނާއި، ކެމްޕޭނުގައި ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި ބައި އިލެކްޝަންގެ ނަތީޖާއަކީ ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސިޔާސީ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ