މިއަދު މަޖިލީހަށް ވަޑައިގަތީ 11 މެންބަރުން, ޖަލްސާ ކެންސަލް

މަޖިލީހުގެ ޖަލްސާތައް މަދުކުރުމުންވެސް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް މެންބަރުން މަދުކަމުން ޖަލްސާ ކެންސަލް ކޮށްލައިފި އެވެ.
މިއަދުގެ ޖަލްސާއަށް ވަޑައިގަތީ އެންމެ 11 މެންބަރުން ނެވެ. ޖަލްސާ ފެށުނު ގަޑީގައި ރިޔާސަތުގައި ހުންނެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު މޫސާ ވަނީ ޖަލްސާ ފެށޭ ގަޑި 09:30 އަށް ލަސްކުރައްވާފަ އެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއްގެ ކޯރަމް ހަމަކުރެވޭނީ އެންމެ މަދުވެގެން 22 މެމްބަރުން ތިއްބަވައިގެންނެވެ.
އަބްދުލް ގަފޫރު މިއަދުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ރަށުން ބޭރުގައި ތިއްބެވުމުގެ ސަބަބުން ނެވެ.
އެހެން ނަމަވެސް، 09:30 ވީއިރުވެސް މަޖިލީހުގެ ކޯރަމް ހަމަވާވަރަށް މެންބަރުން ހާޒިރުވެފައި ނުވުމުން މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ