ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހަމަޖެއްސައިދިނުމަށް މި ގާނޫނު ވުޖޫދުވުމަށްފަހު އިސްކަން ދޭނެ އެވެ.
ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތްތަކަށް ފަސޭހަކަމާއެކު އެކަމަށް ވާސިލްވެވޭ ގޮތަށް މަގުފަހިކުރާ "ބޯހިޔާވަހިކަމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހަމަޖެއްސައިދިނުމަށް މި ގާނޫނު ވުޖޫދުވުމަށްފަހު އިސްކަން ދޭނެ އެވެ. ބިލު ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި؛
ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތަކާއި ގައުމީ ސްޜްތެޓަޖީއެއް އެކުލަވާލަން ޖެހޭނެ އެވެ. ގައުމީ ސިޔާސަތު އެކުލަވާލަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ގައުމީ ސްޜްތެޓަޖީ އެކުލަވާލައި ތަންފީޒު ކުރަން ޖެހޭނީ މިނިސްޓަރު ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.މި ބިލުގައި، ހައުސިން މަޝްރޫއުތައް ހިންގާ ފަރާތްތަކުގެ އަސާސީ މިންގަނޑާއި، ހައުސިން މިންގަނޑުތަކާއި ވަސީލަތްތަކަކީ ކޮބައިކަން ހިމަނާފައިވެ އެވެ. އަދި ހައުސިން ޔުނިޓްތަކުން ކޮންމެހެން ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި، ވަސީލަތްތަކަކީ ކޮބައިކަން ވެސް ބަޔާންކޮށްފައިވެ އެވެ.އޭގެ އިތުރުން، ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހައުސިން މިނިސްޓްރީން ހަދަން ޖެހެ އެވެ. މި ސާވޭގައި އެއިރެއްގައި ރާއްޖޭގައި ހުރި ބޯހިޔާވަހިކަމުގެ ދަތިތަކާއި، ކުރިއަށް ތަނުގައި އެ ދަތިކަން އޮންނާނެ ކަމަށް ލަފާކުރެވޭ ގޮތާއި، އެކަމަށް ހޯދޭނެ ހައްލުތައް ދެނެގަންނަން ވާނެ ކަމަށްވެސްވެ އެވެ. މި ސާވޭ ހެދުމާ ގުޅޭ ގަވާއިދެއް ވެސް އެކުލަވާލަން ޖެހެ އެވެ.މި ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، މި ސާވޭ ހަދަން ޖެހެ އެވެ. އަދި ބިލުގެ ދަށުން ހަދާ ފުރަތަމަ ސާވޭއަށްފަހު ކޮންމެ 10 އަހަރަކުން އެއް ފަހަރު އެ ސާވޭ ހަދަން ޖެހޭ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.ބޯހިޔާވަހިކަމަކީ މި ސަރުކާރުގައި އެންމެ އިސްކަމެއް ދޭ އެއް ސިޔާސަތަށްވާއިރު، މިއީ އެކަން ތަންފީޒު ކުރުމަށް މުހިންމު ބިލެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބޯހިޔާވަހިކަމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ