މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް އިސްކަންދޭގޮތަށް ބޯހިވާހިކަމުގެ ބިލެއް ހުށަހަޅައިފި
ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަންދޭންޖެހޭނެ ކަމަށް ބަޔާންކޮށް "ބޯހިޔާވަހިކަމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.މި ބިލުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހަމަޖައްސައިދިނުމަށް އިސްކަންދީގެން، އެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާނެ އުސޫލުތައް ކަނޑައަޅަން ޖެހެއެވެ.އެ ބިލުގައިވާ ގޮތުން ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ދިރިއުޅޭނެ ތަނެއް ދޫކުރުމުގައި ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެއީ:ރާއްޖޭގައި ދިރިއުޅޭ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުންދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތެއް ކަމުގައިވުންމާލީ ތަނަވަސްކަންކަން ކުޑަ ފަރާތެއް ކަމުގައިވުންމި ބިލުގައިވަނީ ވަކި ފަރާތެއްގެ މާލީ ތަނަވަސްކަން ވަޒަންކުރުމުގައި ބަލަންޖެހޭ ހަ ކަމެއް ހިމަނައިފައެވެ. އެއީ:އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރަސޭވިންގްސްއަމިއްލަ މަސައްކަތުން ލިބޭ އާމްދަނީއުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީއެނުއިޓީއާއި ޕެންޝަން އަދި ރިޓަޔަމަންޓު ބެނެފިޓްއެ ނޫން ވެސް ގޮތަކުން ލިބޭ އާމްދަނީއެ ބިލުގައިވާ ގޮތުން ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ސިޔާސަތު ކަނޑައަޅާއިރު، ސަރުކާރުގެ ކަމާ ބެހޭ އިދާރާގެ ލަފާ ހޯދަންޖެހެ އެވެ. އަދި އެ ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައު ކުރަންޖެހެ އެވެ.ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތުގެ އިތުރުން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއް ވެސް ބިލުގައިވާ ގޮތުން އެކުލަވާލަންޖެހެ އެވެ. އެ ސިޔާސަތު އެކުލަވާލަންޖެހޭނީ ކަމާ ބެހޭ މިނިސްޓަރެވެ. ސްޓްރެޓެޖީ އެކުލަވާލާއިރު، ބިލުގައި ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލުވޭތޯ މިނިސްޓަރު ބަލަންޖެހެ އެވެ.ބިލުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެ އެވެ. އެ ސާވޭ އާންމުކޮށް ޝާއިއު ކުރަން ވެސް ބިލުން ލާޒިމު ކުރެ އެވެ. އަދި ބިލުގެ ދަށުން ހަދާ ފުރަތަމަ ސާވޭއަށްފަހު ކޮންމެ 10 އަހަރަކުން އެއް ފަހަރު އެ ސާވޭ ހަދަންޖެހެ އެވެ.ސާވޭ ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ސާވޭގައި ބަޔާން ކުރާ ކަންކަމަށް އަޅާނެ ފިޔަވަަޅުތައް މިނިސްޓްރީން ކަނޑައަޅަންޖެހެ އެވެ. އަދި ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒު ކުރަން ބިލުން މަޖުބޫރު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ