ފުރާޅުމައްޗަށް ވެއްޓުނު ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ ހެނދުނު 7:30 އެހާކަންހާއިރު އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމުން ސިފައިންގެ އެހީތެރިކަމާ އެކު އެ މީހާ ވަނީ އައިޖީއެމްއަޗަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.
ބުނީ ކީކޭ؟ - އައިޖީއެމްއެޗްއިން މިއަދު 'ދައުރު' އަށް ބުނިގޮތުގައި އޭނާއަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ނަމަވެސް އޭނާގެ ހާލަތާބެހޭ މައުލޫމާތެއް ހިއްސައެއް ނުކުރެ އެވެ. 
އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ވެސް މިހާތަނަށް ހާމައެއްނުކުރެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ