ޑިމާންޑް ބޮޑުވުމާ ގުޅިގެން އެއާ އަރަބިއާގެ ދަތުރުތައް އިތުރުކޮށްފި

އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ، އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުން، ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
މިކަން އެ އެއާލައިނުން ވަނީ ކަށަވަރުކޮށްދީފައެވެ. މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން އެ އެއާލައިނުގެ ސީއީއޯ އާދިލް އަލް އަލީ ވިދާޅުވީ، ފިނި މޫސުމުގައި ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޑިމާންޑް އިތުރުވުމުން އުދުހުންތައް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 2 ދަތުރު އިތުރުކުރާނޭކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ އަރަބިއާ އިން މިހާރު ރާއްޖެއަށް ހަފްތާއަކު އެއް ފްލައިޓް ބާއްވައެވެ. އެ އެއާލައިނުގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރަނީ ޝާރްޖާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.
އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ އުދުހުންތަކުގައި ބޭނުންކުރަނީ، އެއަރބަސް ކުންފުނީގެ އޭ-320 މަރުކާގެ ބޯޓުތަކެވެ. 
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ މަގްބޫލް ޓޫރިޒަމް މަންޒިލެވެ. ކޮންމެ އަހަރެއްގެވެސް ފިނިމޫސުމާ ދިމާކޮށް ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ