މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕު އެނބުރި އަތުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ލިބުނު 1،000 ކޯޓާގައި ދިޔަ މީހުން އެނބުރި އަންނަން ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގަ އެވެ.
ތަފްސީލް - ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައިސްފައިވާއިރު ހައްޖުވެރިންގެ ދެވަނަ ގުރޫޕު އަންނާނީ މާދަމާ އެވެ.
މީގެ އިތުރުން ހޯމަ އަދި އަންގާރަ ދުވަހު ވެސް ހައްޖުވެރިން ރާއްޖެ އަންނާނެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިޔަ މީހުންނަށް މައްކާ ރޫޓް އިނިޝިއޭޓިވްގެ ލުއިފަސޭހަކަން ލިބިފައިވާއިރު މިނާގައި ހައްޖާޖީން ތިބި ފޭލިގެތަކުގެ ފެންވަރު ވެސް ވަނީ ރަނގަޅުކޮށްފަ އެވެ.
ގުޅުން ހުރި - ހައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވާއިރު ހައްޖުވެރިން ބަލާ ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ހައްޖުގެ އަޅުކަމަށް ފަހު އަންނަ މީހުންގެ ތެރެއިން ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ ފްލޫ ކްލިނިކުތަކެއް އައިޖީއެމްއެޗުގައި އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފަ އެވެ.
ހައްޖުގެ އަޅުކަމަށް ފަހު ހައްޖުވެރިން އެނބުރި އަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ