ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުން އަޅުކަމަށްފަހު އެނބުރި ގައުމަށް އަންނަން މިއަދު ފަށައިފި އެވެ.
ދިވެހި ހައްޖުވެރިން އެނބުރި އަންނަން ހަމަޖެހިފައި ވަނީ މިއަދާއި މާދަމާގެ އިތުރުން އަންނަ އާދީއްތަ ދުވަހު އެވެ. ހައްޖުވެރިން އަންނަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓާއި ހައިވޭގެ ޓްރެފިކް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް އެމްއޭސީއެލުން ވަނީ ފަސިންޖަރުން ސަމާލުވުމަށް އިރުޝާދު ދީފަ އެވެ.
ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު މި އަޅުކަމަށް މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ދިޔަ އެވެ. މިއަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މިއަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި އެވެ.
މި އަހަރުގެ ހައްޖަށް ރާއްޖެއިން މީހުން ގެންދިޔައީ މީގެ ކުރީ އަހަރުތަކާ ހިލާފަށް 15 ދުވަހަށެވެ. މީގެ ކުރިން ހައްޖަށް މީހުން ގެންދަނީ މުޅިއެކު 30 ދުވަހަށެވެ. އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށް އޭރު އަމާޒުވި އެވެ.
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ