ވަރަށް ގިނަ ބައަކު އެމީހެއްގެ ގާތް މީހުންނަށާއި އަދި ބައެއް ފަހަރު އެހައި ގާތް މީހަކަށްނުވި ނަމަވެސް ކަންކަމުގައި އެދުމުން އެމީހެއްގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ދަރަނި ދޫކުރެއެވެ. ދަރަންޏަށް ފައިސާދެއެވެ. އަދި ތަކތިވެސް ދޫކުރެއެވެ. މިގޮތަށް ދޫކުރާ ފައިސާ އާއި ތަކެތިން ހިތާމަ އާއިއެކުގައިވެސް ބުނަން ޖެހެނީ އަނބުރައި ލިބެނީ މަދު މިންވަރެކެވެ. ބޮޑު ބައި ދަރަނީގެ ގޮތުގަ ފޮތެއްގައި ލިޔެވިފައި އޮންނަނީ ކަމަށެވެ.
މިފަދައިން ނުލިބި ހުންނަ ފައިސާ ހޯދަން ކޯޓުތަކަށް ހިނގިނަމަވެސް ގިނަފަހަރު އޮންނަނީ ވަރުބަލިވުން ނޫންކަމެއް ނުވެފައެވެ. ވީމާ ތިބާގެ ފޮތުގައި ދަރަނިތަކެއް ލިޔެގެން އުޅުމުން ތިބާއަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެ ދަރަނި ތިބާއަށް ނުލިބުނު ނަމަވެސް ތިބާގެ ކަންކަން ހަމަޖެހެމުން ދާނަމަ އެ ދަރަނި މާފުނުކޮށް ހުންނަންވީ ކީއްކުރަން ހެއްޔެވެ؟ ދަރަނި މާފުކުރުމުން ﷲ ތައާލާ ދެއްވަވާ ސަވާބާއި ދަރުމަ ލިބިގަތުން މާ މުހިންމު ނޫން ހެއްޔެވެ؟
ތަކުރާރުކޮށްލާނަމެވެ. އެ ދަރަނި ތިބާއަށް ނުލިބުނު ނަމަވެސް ތިބާގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހެމުން ދާނަމަ އެ ދަރަނި މާފުނުކޮށް ހުންނަންވީ ކީއްކުރަން ހެއްޔެވެ؟ ދަރަނި މާފުކުރުމުން ﷲ ތައާލާ ދެއްވަވާ ސަވާބާއި ދަރުމަ ލިބިގަތުން މާމުހިންމު ނޫން ހެއްޔެވެ؟
މީހެއްގެ ދަރަނި މާފުކޮށްދިނުމަކީ އެންމެ މަތިވެރި އެއް ޞަދަޤާތެވެ. މީސްތަކުންގެ ދަރަނި މާފުކުރުމަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ ސަވާބާއި ދުރަމަ އެމީހަކަށް ދެއްވަވާނެ ކަމެކެވެ. ތަކްލީފް ލިބިގެންވާ މީހަކަށް ލުއިކޮށްދީ ތަކުލީފުން ސަލާމަތްކޮށްދީފިނަމަ އެމީހެއްގެ ތަކްލީފްތައް ﷲ ތަޢާލާ ލުއިކޮށް ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަރަނިވެރިންނަށް މާފުކުރުމުން އެކަމުން ލިބިގެންދާނެ މަތިވެރި ސަވާބު ޚިޔާލަށްވެސް ނުގެނެވޭނެއެވެ.
މިސާލަކަށް މިގޮތަށް ވިސްނާށެވެ. ތިބާއަށް މީހަކު ދޭން ޖެހިފައިވާ 1000 ރުފިޔާ ނުދީ އޮތްނަމަ ޤިޔާމަތް ދުވަހު ތިބާއަށް އޭނާގެ އަތުން ބަދަލު ހޯދޭނީ އެ 1000 ރުފިޔާގެ މިންވަރަށެވެ. ނަމަވެސް ﷲ ތައާލާއަށްޓަކައި އެދަރަނި މާފުކޮށްފައިވާނަމަ ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެ 1000 ރުފިޔާ 700 ގުނައަށް އިތުރުކުރައްވަވައި ތިބާއަށް އެކަމުގެ ޘަވާބު ދެއްވަވާނެކަމުގެ އުންމީދު އެބައޮތެވެ. އެއިރުން އެ 1000 ރުފިޔާ އެ ބަދަލުވަނީ 700،000 އަށެވެ.
ދަރަނި އަދާކުރުން ލަސްކޮށްދިނުމުންނާއި ދަރަނި މާފުކުރުމަކީ ޤިޔާމަތްދުވަހުން އެމީހަކަށް ހިޔާވަހިކަން ދެއްވަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތް އިރު އެފުރުޞަތު ނަގާލަން ހެޔޮދާނެހެއްޔެވެ؟
Muslim (3014) narrated from Abu’l-Yasar (may Allah be pleased with him) that the Messenger of Allah (blessings and peace of Allah be upon him) said: “Whoever allows more time for a debtor who is in difficulty or waives the debt, Allah will shade him with His shade.”
ވީމާ މި ބޮޑު ފައިދާ ޙާޞިލުކުރެވެން އޮވެ ޙާޞިލު ނުކުރެވި ދުނިޔެ ދޫކުރަންޖެހިއްޖެ މީހާ ހިތާމަކުރަން ޖެހޭނެ މިންވަރާއިމެދު ވިސްނައިލާށެވެ. ދަރަނިތައް މާފުކުރަން އަވަސްވެގަންނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތަނަވަސްކަން ލިބި ފުދިއިތުރުވެގެންވާ މީހެއްގެ ގޮތުގައި ސުވަރުގެދާން ބޭނުންވޭތަ؟ މިކަންކަމަށް ސަމާލުކަން ދެއްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ