ހޮޓެލިއާ މޯލްޑިވްސްއިން ފަތުރުވެރިކަމުގެ ހިދުމަތްތެރިންނަށް އެވޯޑް ދީފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 މިރޭ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މި އެވޯޑް ދިނީ ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަރުގެ ދަށުން ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައި މިރޭ ބޭއްވި ހަފްލާއެއްގަ އެވެ.
ތަފްސީލް - މި ހަފްލާގައި 23 މީހަކަށް އަދި 4 ޓީމް ކެޓަގަރީއަކުން އިނާމު ދިނެވެ.
ޒުވާން ހޮޓެލިއާ: ފަތުހުﷲ ނަސީރު - ބާސެލޯ ވޭލް ލެގޫން، ބާސެލޯ ނަސަންދުރާ މާލެ
ވެލްނަސް ޕާސަނަލިޓީ: އައި ގުސްތި އަޔޫ އަރިއާނީ - ކޯރާ ކޯރާ ރިސޯޓް މޯލްޑިވްސް
ކޮންސިއާޖް/ގެސްޓް ސާވިސް ޕާސަނަލިޓީ: މަރްޔަމް ޝަގާފް - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ސެކިއުރިޓީ އޮފިސަރު: އަހުމަދު ޖަމްޝީދު - ސަން ސިޔާމް އިރު ވެލި
މެރިނަރު: އަހީޖް އަބްދުލްގާދިރު - ޖުމެއިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް
ލޭންޑްސްކޭޕަރު: ދަކްޝިނާ މޫރުތީ ތަންކަރާޖަން - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ހައުސްކީޕަރު: މުހައްމަދު އަސްލަމް - ޝެވަލް ބްލާންކް ރަންދެލި
އައިޓީ ޕާސަނަލިޓީ: ހުސައިން ސާމިއު - މިލައިދޫ މޯލްޑިވްސް
އިންޖިނޭރު: މުހައްމަދު ޝަހީމް - ދިގަލި މޯލްޑިވްސް
ޕްރޮކިއުމަންޓް ޕާސަނަލިޓީ: ހާއްވާ ނާޒިމާ - ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް
އޭވިއޭޓަރު: ނާއިފް އަބްދުއްރަހުމާން - މަންޓާ އެއާ
އެފްއެންޑްބީ ޕާސަނަލިޓީ: މުހައްމަދު ޒައީމް - ކޮންރާޑް މޯލްޑިވްސް ރަންގަލި
އަހަރުގެ ޝެފް އަދި ބީބީއެމް ޗެއާމަންގެ ހާއްސަ އެވޯޑް: އަހުމަދު ޖަމީލް - ވަންއެންޑްއޯންލީ ރީތި ރަށް
އެޗުއާރު އެންޑް ޓްރެއިނިން ޕާސަނަލިޓީ: އިސްމާއިލް އިސާމް - ކުރުނބާ މޯލްޑިވްސް 
ވޯޓަސްޕޯޓްސް ޕާސަނަލިޓީ: އަލީ ސިރާތު - ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
ޑައިވިން ޕާސަނަލިޓީ: އާޒިމް ނަސީރު - ދުސިތު ތާނީ މޯލްޑިވްސް
އެއާޕޯޓް ރެޕްރެޒެންޓެޓިވް: ހުސައިން ވަހީދު - ވަންއެންޑްއޯންލީ ރީތި ރަށް
ފައިނޭންސް ޕާސަނަލިޓީ: އަރުނާ ޕްރިޔާ ޖަޔަސިންހެ ނިއްސަންގްކަގެ - އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް އަދި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
ސޭލްސް ޕާސަނަލިޓީ: އަލިއާ ކޯޝިކޯވާ - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޕާސަނަލިޓީ: ސީމާ މިސްރާ - އެޓްމޮސްފިއާ ކޯ
މާކެޓިން: ހާލިދު ޖައްރާހު - ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
ރިސޯޓް މެނޭޖަރު: އައުސީ ވަސީމް - ސިޔާމް ވޯލްޑް
ޖެނެރަލް މެނޭޖަރު: މުހައްމަދު އަޝްރަފް - ޖުމެއިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް
ރިސޯޓް ޓީމް: ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ
ތަމްރީނު ޕްރޮގްރާމް: ދަ މެރިއޮޓް ކުރިމަގު ލީޑަަޝިޕް ޕްރޮގްރާމް
ދެމެހެއްޓެނިވި ތަރައްގީގެ ޗެމްޕިއަން: އޯޒެން ލައިފް މާދޫ
ސީއެސްއާރް ޕްރޮގްރާމް: ސިކްސް ސެންސަސް ލާމު
ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް
ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު
ވިލާ ރިސޯޓްސްގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް
50 އަހަރުގެ ހިދުމަތަށް ފަހު، ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުން މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނު
ފާހަގަކޮށްލެވޭ - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް އިނާމު ދޭ ހަމައެކަނި ޕްލެޓްފޯމެވެ.
މިދިޔަ އަހަރު ފުރަތަމަ ބޭއްވި މި އެވޯޑަށް 300އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 100،000އަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ. މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 600،000އަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެ އެވެ.
އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޖަޖުންގެ މާކްސްގެ %60 އަދި ވޯޓު ލިބޭ ނިސްބަތުން %40 ހިމަނައިގެންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ހިދުމަތްތަކަށްދޭ ހަމައެކަނި އެވޯޑް ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)
ޑިޖިޓަލް ޕާޓްނަރު: ދިރާގު
ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
އެސޯސިއޭޓް ސްޕޮންސަރުން: އެލިއާ އިންވެސްޓްމަންޓްސް އަދި މެޓަލްސައިންސް
އޯގަނައިޒިން ޕާޓްނަރު: ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް
މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ
ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ، އިކިބާނާ މޯލްޑިވްސް އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ