އެމީހަކު ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވުނަސް ހަމަ ބޮޑު "ސުމެއް"ގަ ތިބޭ މީހުންނަށް ކުރާނެ ޙަޤީޤީ ފައިދާއެއް ނެތް! ތިބާގެ ޙާލަކީ ކޮބާތަ؟

ތިބާއަކީ ﷲ ތަޢާލާއަށް އީމާންވެ އެކަލާނގެ އަންގަވާފައިވާ ގޮތަށް ހެޔޮ ޢަމަލުތައް ކުރަމުންދާ މީހަކު ކަމުގައިވާނަމަ ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. ވީމާ 1 ޖަހާށެވެ. 
ދެން ކުރަންވީ ކަމަކީ ތަނަވސްކަން ލިބިގެންވާނަމަ ފަހަތަށް 0 ޖަހާށެވެ. ރަނގަޅު ޞިއްހަތެއްގައި ހުރިނަމަ އަނެއްކާވެސް ފަހަތަށް 0 ޖަހާށެވެ. އެއިރުން 100 ވީއެވެ. ލިބިފައިވާ ކޮންމެ ނިޢުމަތަކަށް 0 އިތުރުކުރަމުންގޮސް ޢަދަދު މިލިއަނަކަށް އަދި ބިލިއަނަކަށްވެސް އިތުރުވެދާނެއެވެ. 
ބިލިއަނަކަށް އަރާފަހުން ނަމަވެސް 1 ކަނޑާލައިފިނަމަ މުޅި ޢަދަދު 0 އަށް ބަދަލުވާނެއެވެ. މެސެޖަކީ މިއީއެވެ. ތަނަވަސްކަމާއި ޞިއްޙަތާއި އަނބިންނާއި ދަރިންނާއި މިހެންގޮސް ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބިފައިވީނަމަވެސް އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެން ނުވާނަމަ، އެމީހަކު ހުރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމުގައި ނުވާނަމަ އެއިން އެއްވެސް ނިޢުމަތަކުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ދުނިޔެއިން ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބިފައިވީނަމަވެސް ޙަޤީޤީ ފައިދާއެއް ކުރާނީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ކަމުގައިވާނަމައެވެ. 
ވީމާ ﷲ ތަޢާލާއަށް އީމާން ނުވާ މީހަކަށް ދުނިޔެއިން ލިބިފައިވާ ނިޢުމަތްތައް ކިތަންމެ ގިނަ ނަމަވެސް އެއީ އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫނެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވާށެވެ. އެއަށްފަހު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބުން އޮތީ އެއިރުންނެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ