ޤިޔާމަތް ދުވަހު އަހުރެމެންނަށް ކުރިމަތިކުރައްވާނެ ކަންކަން ﷲ ތަޢާލާ ވަނީ ކުރިއާލައި އަހުރެމެންނަށް އަންގަވައިފައެވެ. އެހެންކަމާއިއެކުވެސް އަހުރެމެންނަށް ވަރަށް ބޮޑަށް ފަރުވާކުޑަކުރެވޭ ކަމެއް އެބައޮތެވެ.
ބުނަން ހެއްޔެވެ؟ އެއީ އެކަމެއްގެ ސަބަބުން މީސްތަކުންނަށް އެންމެ ބޮޑު ސިހުމެއް ލިބިގެންދާނެ އެއްކަންތައްވެސްމެއެވެ. އަދި އެމީހަކާއިމެދު ކުރިމަތިވާން އެންމެ ބޭނުން ނުވާނެ ކަންތައްވެސްމެއެވެ. އެކަމަކީ ކޮންކަމެއްކަން ވިސްނޭ ހެއްޔެވެ؟
އެކަމަކީ އެމީހަކު ކުރި ހުރިހާ ކަމަކަށް އެމީހާގެ ގުނަވަންތައް ހެކިދިނުމެވެ. އެއްގޮތަކަށްވެސް ބޭޒާރުނުވާނެ ކަމަށް ހީކޮށް ކުރި ކަންކަމުގެ ވާހަކަ ގުނަވަންތައް ދައްކަން ފެށުމެވެ. އެއިގެ ތެރޭގައި އަނބިދަރިން، ފިރިން، މައިންބަފައިން، ޢާއިލާގެ މީހުން އަދި އެންމެ ގާތް އެކުވެރިންނަށް ކުރި ނުބައިކަންކަންވެސް ހިމެނޭނެއެވެ.
އަދި ދައްކާފައިވާ ނުބައި، ދޮގު ވާހަކަތައްވެސް ހިމެނޭނެއެވެ. އެވާހަކަތަކަށް ދޫ ހެކިދޭން ފެށުމުން ދޫ އުފުރާލަންވެސް ބޭނުންވެދާނެއެވެ. ނަމަވެސް ތިބާގެ ހުރިހާ ގުނަވަންތަކެއް ވާނީ "ކަސްތޮޅު" އެޅި ބަންދުކުރެވިފައެވެ. ޖަހޭނީ ހަމަ މަޑުން ހުންނާށެވެ! އެމީހާގެ ހިސާބު ބައްލަވައި ނިމުމުން އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ.
މީސްތަކުންނޭވެ! ހަމަ އެއްވެސް މީހަކަށް އަނިޔާވެރިނުވާންވީ މި ސަބަބަށްޓަކައެވެ. ދޮގު ވާހަކަތައް ނުދައްކަންވީވެސް ހަމަ މި ސަބަބަށްޓަކައެވެ. ދުނިޔޭގައި އެކަންކަން ސިއްރުވެފައި އޮތް ނަމަވެސް ފަޟީޙަތްވާނެ ދުވަސް އަންނާނެތީއެވެ. ޙައްޤު ޖަޒާ ދެއްވަވާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މަހްޝަރުގެ މައިދާނުގަ ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ގިނަ ބައަކަށް ލަދުގަންނަންވެސް އަދި ބިރުގަންނަންވެސް ޖެހޭނެ ކަންތަކަށް ގިނަބައަކު ތިބެނީ ވަރަށް ބޮޑަށް އިހުމާލުވެގެން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ