މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ، މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރަނީ
މުޅި މާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ. މިއަދު 11:30ހާއިރު މާލެއިން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. ސްޓެލްކޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށާއި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. "ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުނެފައިވެއެވެ. ކަރަންޓު ކެނޑެން ދިމާވި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ