އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާނާ މިރޭ ނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި އަލީ ސާމިން، 31، ނިޔާވީ، އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ރަސްދޫ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ އެ ޒުވާނާގެ ހަށިގަނޑުގެ %78 ވަނީ ފިހިފަ އެވެ. ގިނަ ދުވަސްތަކެއް ވާންދެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އޭނާ އިންޑިއާއަށް ގެންދިޔައީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
އިންޑިއާގައި އޭނާގެ އޮޕަރޭޝަންތަކެއް ކުރި ނަމަވެސް ހާލަތަށް މާ ބޮޑު ކުރިއެރުންތަކެއް އައިސްފައެއް ނުވެ އެވެ.
ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވުމުން، ފުރާނަ ސަލާމަތްކުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރުން އެންމެ ފުރަތަމަ ލަފާކުރި އެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ހާލަތު ރަނގަޅުވުމުން، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ބޭނުންވީ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
އެނގުން މުހިއްމު - މި ހާދިސާގައި ދެން ފިހުނު، ސާމިންގެ ކުރީގެ އަންހެނުން އައިޝަތު ރިފްގާ، 31، ވަނީ ފަރުވާ ދެނިކޮށް 31 މާޗުގައި ނިޔާވެފަ އެވެ. އޭނާގެ ހަށިގަނޑުގެ %83 ފިހުނެވެ.
އަލިފާނުގެ ހާދިސާގައި ގޭގެ ކޮޓަރިއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅެ އެވެ.
އެ ދެ މީހުންގެ ފަސް އަހަރުގެ ދަރިފުޅަށް ވެސް، މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ރަަސްދޫގައި ފިހުނު ޒުވާނާ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ