މާފަންނު ގެއެއްގައި އަލިފާން ރޯވެ އަނދަނީ

މާފަންނު ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އަލިފާން ރޯވެފައިވަނީ ޝީބިލްޑިންގ ކައިރީގައި ހުންނަ މ. ހައުސްޕްލާޒާ ގޭގައެވެ.
މި ގޭގައި ރޯވެފައިވާ އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އިމާރާތުން ގިނަ އަދަދަކަށް ދުން އަރަމުންދާއިރު ބައެއް ސަރަހައްދުތަކުން އަލިފާނުގެ ހުޅުގަނޑުވެސް ފެނެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވީ ހެނދުނުގެ ވަގުތެއްގައެވެ.
މި ޢިމާރާތުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ