މެރިން ސައިންސްގެ ދާއިރާއަށް 40 އަށްވުރެ ގިނަ އަހަރު ޚިދުމަތްކޮށްދެއްވި ޝަކީލް އަވަހާރަވެއްޖެ
ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ދިރާސާތަކަށް 40 އަަހަރަށްވުރެ ދިގު މުއްދަތަކަށް މުހިންމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ހަސަން ޝަކީލް މިއަދު އަވަހާރަވެއްޖެއެވެ. ކުއްލި ގޮތަކަށް ޝަކީލް މިއަދު އަވަހާރަވީ އުމުރުން 64 އަހަރުގައެވެ. ޝަކީލަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަންގައި ފުރަތަމަ ފެށިގެން ދިޔައިރު އެ ކަމުގެ އިސް މޭސްތެރިޔާއެވެ. އެއާއެކު އެ ދާއިރާއިން ދިރާސީ ގިނަ މަސައްކަތްތަކެއް ޝަކީލް ވަނީ ކުރައްވައިފައެވެ. 40 އަަށްވުރެ ގިނަ އަހަރު މި ދާއިރާގައި ޚިދުމަތްކުރެއްވިއިރު އޭނާ ވަނީ މެރިން ސައިންސްގެ ދާއިރާއިން ދިވެހިން ނެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. https://x.com/MFORmv/status/1888448189147341273 އަދި ގިނަ މުވައްޒަފުންތަކެއް އެ ދާއިރާއިން ވަނީ ތަމަރީނު ވެސް ކޮށްދެއްވައިފައެވެ. ޝަކީލްގެ ޖަނާޒާ އޮންނާނީ މައްޗަންގޮޅި އާސަހަރާގައެވެ. ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ