އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މ. ހައުސްޕްލާޒާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބުމުގެ ސަބަބުން އެކަން މަރާމާތު ކުރެވެންދެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރު (އެންޑީއެމްއޭ)ން ބުނެފި އެވެ.
ވީ ކިހިނެއް؟ -  މިއަދު ހެނދުނު 6:35 ހާއިރު ހައުސްޕްލާޒާގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލީ 7:47 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ އެއީ ގިނަ ދުވަސްތަކެއް ވަންދެން ފަޅަށް ހުރި ގެއެއް ކަމަށާއި އަލިފާން ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
ތަފްސީލް - އެންޑީއެމްއޭން ބުނީ:
އެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބި، އެކަން މަރާމާތު ކުރެވެންދެން އެ ދެ ގޭގައި އުޅުނު 55 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވޭ
އޭގެ ތެރޭގައި 20 ބިދޭސީން ވެސް ހިމެނޭ
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ