ފްލައިޓަށް އައި ބަދަލާ އެކު ނުފުރުނު ގައުމީ ޓީމު މިއަދު އިންޑިއާއަށް ފުރަނީ

އިންޑިއާގެ އަރޫނަޗަލް ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ޔޫޕިއާގައި މި މަހު 9-18 އަށް އޮންނަ ސާފްގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ފުރަންވެގެން އިއްޔެ ރޭ އެއާޕޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ކޮލަމްބޯއިން ދިއްލީއަށް ދާން އޮތް ފްލައިޓް ކެންސަލްވުމުން ނުފުރާ މަޑުކުރީ އެވެ.
އެފްއޭއެމްއިން ބުނީ ޓީމު އަލުން ފުރާނީ މިރޭ ކަމަށެވެ. އޭރުން މުބާރާތް އޮންނަ ސަރަހައްދަށް މާދަމާ ހަވީރު ދެވޭނެ ކަމަށް ވެސް ބުންޏެވެ.
އެއް ފްލައިޓުން މުޅި ޓީމަށް ޖާގަ ނުލިބޭތީ މިހާރު ވެސް ބައެއް އޮފިޝަލުން އެހެން ފްލައިޓެއްގައި ޔޫޕިއާއަށް ވަނީ ގޮސްފަ އެވެ. މިއަދު މެންދުރު ވެސް އެއާ އިންޑިއާއިން ބައެއް އޮފިޝަލުންނާއި އެއް ކުޅުންތެރިޔަކު ފުރާނެ އެވެ. އެހެން ހުރިހާ ކުޅުންތެރިންނާއި ބާކީ ތިބި އޮފިޝަލުން ފުރަން މިހާރު އޮތީ މިރެ އެވެ.
ގްރޫޕް އޭ
ރާއްޖެ
ބަންގްލަދޭޝް
ބޫޓާން
ގްރޫޕް ބީ
އިންޑިއާ
ނޭޕާލް
ސްރީ ލަންކާ
"އިއްޔެ ރޭ ފުރި ނަމަ ކޮލަމްބޯގައި މާ ގިނަ ވަގުތު މަޑުކުރަން ޖެހުނީސް. ކުޑަކުދިންތަކަކަށް ވާތީ އަޅުގަނޑުމެން ނިންމީ ނުފުރައި މިކޮޅުގައި މަޑުކުރަން،" އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުބާރާތް ބާއްވާ އަރޫނަޗަލް ޕްރަދޭޝްގެ ވެރިރަށް އިތާނަގަރަށް  އިންޑިއާއިން ދުވާލަކު ދަނީ ވެސް އެންމެ ދެ ފްލައިޓެވެ. އެ ދެ ފްލައިޓް އޮންނަނީ ވެރިރަށް ދިއްލީ އާއި ކަލްކަތާއިންނެވެ. 
9 މޭ: ރާއްޖެ/ބަންގްލަދޭޝް
13 މޭ: ރާއްޖެ/ބޫޓާން
ރާއްޖޭގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ވާދަކުރާނީ 9 މޭގެ ހަވީރު އެވެ. އެހެންކަމުން މުޅި ޓީމު ޔޫޕިއާއަށް ދެވޭއިރު މެޗު ކުޅުމާ ދެމެދު 24 ގަޑިއިރު ވެސް ނުލިބުން އެކަށީގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ