ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފި އެވެ.
އޭނާ ކުރީން ހުރީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެ ކުރީން ހުރީ ވެމްކޯގެ ޑީއެމްޑީގެ މަގާމުގަ އެވެ.
އެ މަގާމުން ފެނަކައިގެ ޑީއެމްޑީގެ މަގާމަށް ބަދަލުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަހަރެއް ވެސް ނުވަނީސް އަނެއްކާ ވެމްކޯގެ ޑީއެމްޑީގެ މަގާމުން މޯލްޑިވްސް ގޭހަށް ރުކުމާ ބަދަލުކުރި ސަބަބެއް ސާފެއް ނުވެ އެވެ.
ރުކުމާ މުހައްމަދަކީ ކުރީން އެެމްޑީޕީގެ މެންބަރެކެވެ. އޭނާ ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލީސް އިންތިހާބުގައި ވާދަކޮށް މެންބަރު ކަން ވެސް ކޮށްފަ އެވެ. ފަހުން އެ ޕާޓީއާ ދުރަށް ދިޔައީ އެވެ. އަދި މާލެ ސިޓީގެ މޭޔަރަކަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވުމުން ރުކުމާ ވަނީ ރައީސް މުއިްއްޒަށް ތާއީދު ކޮށްފަ އެވެ.
ރުކުމާ ތިންވަނަ ކުންފުންޏަށް، މި ފަހަރު މޯލްޑިވްސް ގޭހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ