ގުޅިފަޅު ގޯތިތަކުގެ އާ ރަޖިސްޓްްރީ އަންނަ ހަފްތާގައި ދޫކުރަން ފަށަން އެޕޮއިންޓްމެންޓަށް ހުޅުވާލައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން އަންނަ ހަފްތާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުގައި ދެ ފަހަރެެއްގެ މަތިން ބަދަލު ގެނެސް، މިދިޔަ މެއި މަހު ފަހުކޮޅު އަލުން އެތަނުން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ނަގާފައިވެ އެވެ. އެހެންވެ، ކުރިން ދީފައި އޮތް ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ބާތިލުވި އެވެ. 
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ގުޅިގެން މިއަދު ވަނީ އަލުން ރަޖިސްޓްރީ އާއި ގޯތީގެ އެއްބަސްވުން ދޫކުރުމަށް ހަމަޖެހިފައިވާ އިންތިޒާމްތައް ހާމަކޮށް، އިއުލާނެއް ނެރެފަ އެވެ.
ތަފްސީލު - މިނިސްޓްރީގެ އިއުލާންގައި ބުނީ:
އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30އިން ފެށިގެން އާ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރަން ވަނީ ހަމަޖެހިފައި
އެހެންވެ މިނިސްޓްރީން އެދުނީ އެ ލިޔުންތަކާ ހަވާލުވުމަށްޓަކައި މިއަދުން ފެށިގެން 'ހިޔާާވަހި ޕޯޓަލް' މެދުވެރިކޮށް އެޕޮއިންޓްމެންޓަށް އެދި ހުށަހެޅުމަށް
ކޮންމެ ގަޑިއަކަށް އެޕޮއިންޓްމެންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައަޅާފައިވާ ވަކި އަދަދަކަށް
އެޕޮއިންޓްމަންޓަށް އެދޭއިރު، ޕޯޓަލްއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ވެސް މިނިސްޓްރީގެ އިއުލާންގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ މީހެއްގެ އައިޑީ ކާޑު ކޮޕީ
ގޯތި ލިބިފައިވާ މީހާ ނުވަތަ އެ މީހެއްގެ ބަދަލުގައި އެހެން މީހަކު ފޮނުވަން ބޭނުންވާ ނަމަ، ޕޯޓަލްގައި ހިމަނާފައިވާ ޕަވާ އޮފް އެޓާނީ އަދި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުން
ކުރިން ސޮއިކޮށްފައިވާ ގޯތި އެއްބަސްވުމުގެ ކޮޕީ
ކުރިން ސޮއިކޮށްފައިވާ ގޯތި ރަޖިސްޓްރީގެ ކޮޕީ
މިނިސްޓްރީން ބުނި ގޮތުގައި އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާ މީހުންނަށް، ޕޯޓަލް މެދުވެރިކޮށް އަދި ފޯނުު ނަންބަރަށް އެސްއެމްއެސްގެ ޒަރިއްޔާއިން، ހާޒިރުވާން ޖެހޭ ގަޑި އާއި ތަން އަންގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ