އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން، 17،000އަށް ވުރެ ގިނަ ކުދިން ވަޒީފާ އަދާކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ސްޓެޓިކްސް ބިއުރޯ (އެމްއެސްބީ) އިން ނެރުނު ރިޕޯޓެއްގައި ބުނި ގޮތުގައި، ވަޒީފާގެ މާހައުލުގައި އުޅޭ ހުރިހާ ކުދިންނަކީ ވެސް ފުރާވަރުގެ އުމުރުގެ ކުދިންނެވެ.
ތަފްސީލް - އެ ތަނުން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
17،651 ކުޑަކުދިން މަސައްކަތުގެ މާހައުލުގައި އުޅޭ
އެއީ އުމުރުން 15-17 އަހަރުގެ ދެމެދުގެ ކުދިން
އެއީ އެ އުމުރުފުރާގެ ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖެއް
މަސައްކަތުގެ މާހައުލުގައި އުޅޭ އަންހެންކުދިންގެ ނިސްބަތަކީ %42؛ ފިރިހެން ކުދިން އުޅެނީ %58ގައި
އެމްއެސްބީގެ ރިޕޯޓުގައި ބުނި ގޮތުގައި، ވަޒީފާ އަދާކުރާ ކުދިންގެ ނިސްބަތް، އުމުރު މަތިވާ ވަރަކަށް މައްޗަށް ދާ ކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން، އުމުރުން ވަޒީފާ އަދާކުރާ %27 ކުދިންނަކީ އުމުރުން 17 އަހަރުގެ ކުދިން ކަމަށް އެ ތަނުން ބުންޏެވެ.
އެންމެ ފަހުގެ ބޯހިމެނުމުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ރިޕޯޓުގައި ބުނި ގޮތުގައި، ގިނަ ކުޑަކުދިން މަސައްކަތް ކުރަނީ ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި އާއި މޮޓޯ ވެހިކަލް މަރާމާތު ކުރުމުގެ ދާއިރާގަ އެވެ. އެގޮތުން، %35 ކުދިން އެ ދާއިރާގައި މަސައްކަތް ކުރެ އެވެ.
އޭގެ އިތުރުން:
18% ކުދިން މަސައްކަތް ކުރަނީ އެކޮމޮޑޭޝަން އާއި ކެއިންބުއިމުގެ ހިދުމަތް ދޭ ދާއިރާތަކުގައި
13% ކުދިން އުޅެނީ ދައުލަތުގެ އިދާރީ އަދި ސަލާމަތީ، އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުގައި
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މުޅި ރާއްޖޭގެ %16 ކުދިންނަކީ ކިޔަވަން ނުދާ އަދި މަސައްކަތް ވެސް ނުކުރާ ކުދިންނެވެ.
17،000އަށް ވުރެ ގިނަ ކުޑަކުދިން ވަޒީފާ އަދާކުުރޭ: ރިޕޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ