ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެއްޖެ އެވެ.
އެމްޑީޕީން މިދިޔަ ހަފްތާއިން ފެށިގެން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ މުޒާހަރާގައި ބައިވެރިވި މީހުން ފަހަތަށް ޖެއްސުމަށް މިރޭ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ހިފިކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެނެ އެވެ.
އެގޮތުން މުޒާހަރާގައި ތިބި އަންހެނުން ފަހަތަށް ޖެއްސުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވިއިރު، މަދު ބަޔަކު ފަހަތަށް ޖައްސަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވުމުން ބައެއް މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މީގެ ކުރިން ބުނީ މުޒާހަރާތައް މޮނިޓާ ކުރުމުގެ މަސައްކަތް އޮންނަ އުސޫލުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް ސާފުކޮށް އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް ފީލްޑަށް ގޮސް މޮނިޓާކުރާ ކަމަށް އެ ކޮމިޝަނުން ނުބުނެ އެވެ.
އެމްްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ރެއަކު ދަނީ ކުރިއަށް ގެންދަމުންނެވެ. އެ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލުމުގެ އިތުރުން ޖުޑީޝަރީގެ މިނިވަންކަމާއި ނިގުޅައިގަނެފައިވާ ފްލެޓްތައް ހަވާލުކުރަން ދަނީ ގޮވާލަމުންނެވެ.
ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެއްޖެ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ