ފެނަކަ އެމްޑީ އައްޑުއަށް ވަޑައިގަތުމުން މުޒާހަރާކޮށްފި އައްޑޫ ސީޓިގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން އިތުރު ގޮތެއް ނެތް- މޭޔަރު އައްޑުއަށް 1.8 މެގަވޯޓުގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ އަނެއްކާވެސް އައްޑޫން ކަރަންޓް ކަނޑަން ފަށައިފި މަގުބޫލު ލިޔުންތައް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީ އަށް ގެންދިޔަ އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކައިން ވިދާޅުވީ މާލެއިން ގެންދިޔަ އެ ޖަނަރޭޓަރު އިއްޔެ އައްޑޫ އަށް ގެންގޮސް ސެންޓްރަލް ޕަވަރ ސްޓޭޝަންގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
މި ޖެނެރޭޓަރު ގެ އިތުރުން އިންޑިއާއިން 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް ދަނީ ދަތުރުކުރަމުންކަމަށް ވެސް ފެނަކައިން ބުނެއެވެ.
އައްޑޫއިން ކަރަންޓު ކެނޑޭތާ ގިނަ ދުވަސްތަކެއް ވެފައި ވުމާއި ގުޅިގެން އެ މައްސަލައިގައި ސިޓީގެ ރައްޔިތުންވަނީ މީގެ ކުރިން އިހުތިޖާޖު ވެސް ކޮށްފައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ނަމަވެސް، އަނެއްކާ ވެސް އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވާން ފަށައިފައެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުން ކަމަށް ފެނަކައިން ބުނެއެވެ.
ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ. މިމައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ