ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އިދިކޮޅުގެ މެންބަރުންނަށް ބަސް ބުނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ މަޖިލިސް ހިނގަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ.
” އޭގެ އެއް ހެއްކަކީ ފާއިތުވި ހަފުތާއާއި މި ހަފުތާގައި ވެސް ރައްޔިތުންނާ ގުޅުން ހުރި މުހިންމު މައްސަލަތަކުގައި ހުށަހެޅި ކުއްލި މައްސަލަތައް ވެސް ބަލައިނުގަތުން. މަޖިލީހުގެ ފްލޯގައި ތަފްސީލްކޮށް ވާހަކަދެއްކުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެން ނުދޭ. ބިލަކަށް ވާހަކަދައްކަމުންގޮސް ރިޔާސަތުން ހިތްހަމަ ނުޖެހޭ ވާހަކައެއް ދެއްކޭއިރަށް އެމްޑީޕީ މެމްބަރުންނަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދީ އަޅުގަނޑުމެން އެބަ ބޭރުކޮށްލާ” ނާޒިލް ވިދާޅުވިއެވެ.
އެގޮތުން ނާޒިލް ވަނީ ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާ އެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔަ ދަނޑިވަޅެއްގައި ހުށަހެޅި ކުއްލި މައްސަލައާއި އައްޑޫ ސިޓީގެ ކަރަންޓު މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައިގެ ވާހަކަ ފާހަގަ ކުރައްވަވާފައެވެ.
މެންބަރުންގެ ވާހަކަތަކަށް ބާރު ދެއްވައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ކުއްލި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން މިހާރު އަމަލުކުރަމުންދާ ގޮތް އެއްވެސް ވަރަކަށް ސާފު ނޫން ކަމަށެވެ. އެހެންކަމުން މިހާރު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަންވީ ކިހިނެއް ކޮން ގޮތަކަށް ކަމެއް ވެސް މެންބަރުންނަށް އެނގިނުލައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
“މިއީ ޑިމޮކްރަސީއެއްގައި ކަންކަން ހިނގަންވާނެ ގޮތެއް ނޫން. މަޖިލިސް މިހާރު އޮތީ ޕެރަލައިޒްވެފައި. އެތަނުގައި މަސައްކަތްތައް ކުރިއަށްގެންދަނީ ވަކި ބަޔަކަށް މަންފާވާ ގޮތަށް،” ނާޒިލް ވިދާޅުވިއެވެ
ނާޒިލް ވިދާޅުވީ ރިޔާސަތުން ކުއްލި މައްސަލަތައް ބަލައިނުގަނެ ބޭރުކުރަނީ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި މައްސަލައެއްގައި އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ވެސް ރިޔާސަތުން ހުރަސްއަޅުއްވާ ކަމަށް ވިދާޅުވިއެވެ.
ކުއްލި މައްސަލައިގެ އިތުރަށް ވަޒީރުންނާ ސުވާލުކުރުމަށް ވެސް އެމްޑީޕީގެ މެންބަރުންނަށް އުނދަގޫ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑުކޮށްފި ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި އިސްލާހް ގާނޫނު އަސާސީ އާ ޚިލާފް: އެމްޑީޕީ ހުދުމުހުތާރު ވެރިކަމެއް ބަލިކޮށްލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން: ފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ