“މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446” ރަސްމީކޮށް ފަށައިފި އޭއޯ ރޯދައިގެބަދިގެ: ފަލޫދާ އެސްޓީއޯގެ ބޯޑު މެންބަރަކަށް ފަޒީނާ އައްޔަން ކުރައްވައިފި ޕަޑެލް ޓެނިސް ކޯޓެއް ސައި ލެގޫން މޯލްޑިވްސްގައި ހުޅުވައިފި މަގުބޫލު ލިޔުންތައް ފުވައްމުލަކުގެ ސްކޫލެއްގެ އިނާމު

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ނަރީޝް ވަނީ އިސްތިއުފާގެ ސިޓީއާއެކު އިސްތިއުފާ ދެއްވާފައިވާކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ކަމަށެވެ.
“ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރަން ފުރުސަތު ލިބުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، ޑެޕިއުޓީ މޭޔަރުކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެން” އެކްސްގައި ނަރީޝް ލިޔުއްވަވާފައިވެއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވެފައި ވަނީ އެ މަގާމުގައި އޭނާ ހޭދަކޮށްފައިވާ މުއްދަތަކީ ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި އޭނާ ހޭދަކުރި އެންމެ އުފާވެރި ދުވަސްކޮޅު ކަމަށެވެ. އަދި އެއީ އެކި ދާއިރާތަކުން ތަފާތު ތަޖުރިބާ ކުރެވި، އޭނާގެ ޝަޚުސިއްޔަތު ބައްޓަންކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރީޝް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނަކީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް ގުޅިގެން މަސައްކަތް ކުރައްވައި، ރިވެތި ނަމޫނާ ދައްކަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ މާލެ ސިޓީއަށް އަވަސް، ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ އަރިހުން ދަސްވި ފިލާވަޅުތަކަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
.އޭނާ ވަނީ އެ މަގާމަށް އޭނާ ހޮވުމަށްޓަކައި ބުރަކޮށް މަސައްކަތްކޮށްދެއްވި ދާއިރާގެ ރައްޔިތުންނާއި، ޕީއެންސީ/ޕީޕީއެމް ލީޑަޝިޕަޝާއި އަދި ޚާއްސަކޮށް ރައީސް މުއިއްޒަށް ޝުކުރުއަދާ ކުރައްވައިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް އަހުމަދު ނަރީޝް އިންތިޚާބު ކޮށްފައިވަނީ ޖޫން 21، 2021ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ