ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް އަންގަވައިފި ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ރައީސް އަންގަވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނު ސަބަބު ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ، ހުޅުމާލެ، ވިލިނގިލި އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވާތާ ގަޑިއެެއްހާއިރު ވެއްޖެ އެވެ. އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުންނެވެ.
"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި ރައީސް މުއިއްޒު އެކްސްގައި ޕޯސްޓު ކުރެއްވި އެވެ.
އެއާޕޯޓުން ކަރަންޓު ކެނޑިފައިވާކަން އެމްއޭސީއެލްއިން ހާމަކޮށްފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.
"ޓޯޓަލް ބްލެކްއައުޓަކަށް ވާތީ ގްރޭޓާ މާލެ ގްރިޑު އަލުން އެނަޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާ ހުޅުމާލެ ޖެންސެޓުތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ސްޓެލްކޯއިން ބުނެފައި ވެ އެވެ.
މާލެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުނު ނަމަވެސް މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ރައީސަކު އެންގެވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ