އަމާނާ ތަކާފުލް އިން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި "ފިނިބުރު ޕްރޮމޯ" ގެ ދަށުން މިދިޔަ ހަފްތާގެ އައިފޯން 16 ޕްރޯ މެކްސް ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.
ޕްރޮމޯޝަންގެ ދަށުން ފުރަތަމަ އައިފޯން 16 ޕްރޯ މެކްސް ލިބުނީ އަހުމާދު ޝާހީން އެވެ.
އަހުމަދު ޝާހީން އަދަދު އާ ވާހަކަ ދައްކަމުން ބުނީ ކުޑަ ހޭދައެއް ކޮށްލައިގެން އައިފޯނެއް ފޯނެއް ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.
"ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވެނީ. އަސްލު ހީއެއް ނުކުރަން ލިބިދާނެ ކަމަށް. އިންޝުއަރެންސް އާކޮށްލީ މުއްދަތު ހަމަވެފައި ހުރީމަ،" އޭނާ ބުންޏެވެ.
އަމާނާ ތަކާފުލްގެ އެ ޕްރޮމޯޝަންގެ ދަށުން ރޯދަ މަހުގެ ކޮންމެ ހަފްތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުޅި ރޯދަ މަހުގެ ތެރޭގައި އެ ކުންފުނިން ހަތަރު އައިފޯނު ކަސްޓަމަރުންނަށް ދޭނެ އެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އޮންލައިންކޮށް އަމާނާތަކާފުލްގެ ތާޑް ޕާޓީ މޮޓޯ ތަކާފުލް އިންޝުއަރެންސް ގަންނަ ކަސްޓަމަރުންނަށެވެ.
އަމާނާ ތަކާފުލް އިން ބުނީ ފަސޭހަކަމާ އެކު އޮންލައިންކޮށް އިންޝުއަރެންސް ޕޮލިސީ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި މިއީ އަގުހުރި އިނާމެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މުޅި ރޯދަ މަހުގެ ތެރޭގައި ހަތަރު އައިފޯން ޕްރޯ މެކްސް ފޯނު އަމާނާ ތަކާފުލްއިން ދޭނެ އެވެ.
އަމާނާ ތަކާފުލް އިން ކަސްޓަމަރުން އެކި ފުރުސަތުތައް ހޯދައި ދިނުމަށް އަބަދުވެސް ޝައުގުވެރި އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
އަމާނާ ތަކާފުލް "ފިނިބުރު ޕްރޮމޯ" ގައި އައިފޯން 16 ޕްރޯމެކްސް ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައި އަމާނާ ތަކާފުލް "ފިނިބުރު ޕްރޮމޯ" ގައި އައިފޯން 16 ޕްރޯމެކްސް ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ