މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.އެ މަގާމް ހުސްވީ ކައުންސިލްގެ މެމްބަރު ހުސެއިން ހަސަން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން ވަކިވީ، ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ލިބުމުންނެވެ.މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު ވަނީ އެ މަގާމަށް މީޑިއާ ތަކުން މެމްބަރަކު އިންތިހާބުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.އެމްއެމްސީން ބުނީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުކަމަށް ވާދަކުރަން އެދޭ ނޫސްވެރިންނަށް މާޗް 18، 2025ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި media@youth.gov.mv މެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. ހުށަހަޅާ ހުރިހާ ލިޔުންތައް ވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ.މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ