32 ރަށެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލާ މަރުކަޒުތަކެއް އެޅުމަށް ވެމްކޯއާ ހަވާލުކޮށްފި 32 ރަށެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލާ މަރުކަޒުތަކެއް އެޅުމަށް ވެމްކޯއާ ހަވާލުކޮށްފި

ރާއްޖޭގެ 32 ރަށެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަން ވެމްކޯއާ ހަވާލުކޮށްފި އެވެ.
އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 32 ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރަން ހަވާލު ކޮށްފައި ވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރާނެ މަރުކަޒުތައް ގާއިމު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރީ އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުނި މެނޭޖު ކުރާ މަރުކަޒުތައް ގާއިމު ކުރަން ނިންމާފައި ވަނީ ކޮން ރަށްތަކެއްގައި ކަމެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ