ކަންބޮޑުވާންޖެހޭ ކަންކަން މެދުވެރިވާނެއެވެ. އެއީ ވަކިމީހަކަށް އޮތް ކަމެއް ނޫނެވެ. ދުނިޔޭގައި އުޅޭ އެންމެންނަށްވެސް އޮތް ކަމެކެވެ.
ކަންބޮޑުވާންޖެހޭ ކަންކަން މެދުވެރިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމުގައިވީނަމަވެސް އަދި މީހުންގެ ކިބައިން (މީހުން މެދުވެރިވެގެން) ކަމަށްވާނަމަވެސް އެކަމުގެ ޙައްލު އޮންނާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ.
ވީމާ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. ﷲ ތަޢާލާ ދެއްވެވި ކަމެއްގައި ދެއްވެވި މިންވަރަކަށް މެނުވީއެވެ.
ކަންބޮޑުވުން މެދުވެރިވަނީ ކޮންމެ ފަރާތަކުންނަމަވެސް، ކޮންމެ ގޮތަކުން ނަމަވެސް ތިބާކުރަން އޮތް ކަމަކީ لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللهِ ޛިކުރުކުރުން ގިނަކުރުމެވެ.
އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމުގައިވާއިރު އެކަން ހިތްމައްޗަށް ގެނެސް އެކަމަށް އިޢްތިރާފްވުމަށެވެ. އެއްވެސް މީހަކަށް އެއްވެސް ބާރެއް ލިބިގެން ނުވާކަމުގެ ޔަޤީންކަން އެބައޮތްކަން ހާމަކުރުމަށެވެ. އެކަންކަމަށް އިޤްރާރުވުމަށެވެ.
ނަތީޖާއަކަށްވާނީ ﷲ ތައާލާ ތިބާ މަތިވެރިކުރެއްވެވުމެވެ. ތިބާއަށް ދެރަދޭން އުޅޭ މީހުންގެ ކިބައިންތިބާއަށް ނަޞްރު ލިބުމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޢަދާވާތްތެރިންގެ މަކަރުވެރިކަމުންނާ ދޭން އުޅޭ ގެއްލުންތަކުން ސަލާމަތްވެހުރުމަށް ޔަޤީންކުރަން ޖެހޭ ކަންކަން- އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ