މޯލްޑިވްސް އެކްސްޕޯގައި 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ވަނަތައް ހޮވާފައިވެ އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު، މޯލްޑިވްސް އެކްސްޕޯޓް 2025 އެންމެ ޝަރަފުވެރި ރަންވަނަ އާއެކު ޖުމްލަ 275 ފަރާތުގެ އުފެއްދުމަށް އެވޯޑު ހަވާލުކޮށްފި އެވެ.
ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައި އުފެއްދުންތެރިންގެ އަގު ވަޒަން ކޮށް ފުރުސަތު ފަހިކޮށްދޭން ބާއްވާ މޯލްޑިވްސް އެކްސްޕޯގައި މި އަހަރު ގިނަ އުފެއްދުންތަކެއް ވާދަ ކުރުމުގެ ކެޓަގަރީގައި ވާދަކޮށްފައިވެ އެވެ. ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި 250 އަށްވުރެ ގިނަ ފަރާތެއްގެ އުފެއްދުމަށް އެވޯޑު ދީފައިވާއިރު އެވޯޑްތައް ހަވާލުކޮށެއްވީ ކެބިޓެންޓް މިނިސްޓަރުންނެވެ. މޯލްޑިވްސް އެކްސްޕޯގައި 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ވަނަތައް ހޮވާފައިވެ އެވެ. މި އެވޯޑުގެ އެންމެ ހާއްސަ ފަސް ވަނަ ކަމަށްވާ ރަން ފަސްވަނައަށް އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި މުޅި މައުރަޒުން ރަންވަނަތައް ހާސިލުކުރެއްވި އުފެއްދުންތަކުގެ އިތުރުން، ތަފާތު ނުވަ ދާއިރާއާކުން އެއް ވަނަ ހާސިލުކުރި ފަރާތްތަކަށްވެސް އިނާމު ދެއްވީ ރައީސް ޑރ. މުއިއްޒު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޯލްޑިވްސް އެކްސްޕޯ 2025 | ރަން ފަސްވަނާއެކު 275 ފަރާތުގެ އުފެއްދުމަށް އެވޯޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ