ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހިމެނޭހެން ޖިންސީ އެކިއެކި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނަށް ވެސް އަލަށް އެކުލަވާލި ނިޒާމުގެ ދަށުން ލުޔަށް އެދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޝަރީއަތް ނިމެންދެން ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުން މޮނީޓާ ކުރެވޭނެހެން ޓެގު އަޅުވާ ލުއި ދިނުމަށް އައު ނިޒާމެއް ތައާރަފުކޮށް، އެ މަސައްކަތް ސަރުކާރުން ފެށީ މިއަދު އެވެ. ބަންދުގެ ލުޔަށް އެދުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
މި ނިޒާމުގެ ދަށުން ޖިންސީ ކުށްތައްކުގެ ތުހުމަތުތަކުގައި ބަންދުގަ ތިބި މީހުންނަށް ލުޔަށް ހުށަހެޅޭނެތޯ ސުވާލުކުރުމުން ޕީޖީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި އުސޫލުގެ ދަށުން އެއްވެސް ކުށްވެރިޔަކު އިސްތިސްނާ ނުވާނެ ކަމަށެވެ. ނަމަވެސް ޖިންސީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުށަހެޅިދާނެ. އެކަމަކު އެމީހުންނެއް އަހަރުމެން ދޫކޮށެއް ނުލާނެ. މި އުސޫލުން އިސްތިސްނާއެއް ނުކުރަމޭ އެއްވެސް މީހަކު. އެކަމަކު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ސިޔާސަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެ އޮފީހުގެ ސިޔާސަތަކީ އެފަދަ މީހުން ބަންދުގައި ބޭތިއްބުން ކަމަށާއި ގާނޫނު ބާރު އަޅަނީ ވެސް އެފަދައިން ކަންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މިއަދު އަމަލުކުރަން ފެށި އުސޫލުގެ ދަށުން ލުއިދޭ މީހުން ކަނޑައަޅާނީ ފުލުހުންނާއި ކަރެކްޝަންސް އިން ހަދާ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށްކަން ޕީޖީ އޮފީހުގެ މީޑިއާ ޓީމުން ފާހަގަކުރި އެވެ.
ނަމަވެސް، ބަންދަށް ލުއި ދިނުމުގެ ވިސްނުމެއް ނުވަތަ ސިޔާސަތެއް ނެތްއިރު އެކަމަށް އެދުމުގެ ފުރުސަތު ދޭ ސަބަބެއް އެ އޮފީހަށް ސާފުކޮށްނުދެވެ އެވެ.
ޕީޖީ އޮފީހުން އެ ފުރުސަތު ދޭން ނިންމާފައިމިވަނީ، ވާނުވާގައި ތިބި މީހުން ޓެގު އަޅުވާ ދޫކޮށްލުމަށް ކުރާ މަސައްކަތުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުގައި ތިބި ބަޔަކަށް ފުރުސަތު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައި ވަނިކޮށެވެ.
"އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން މި ވާނުވާގައި ތިބި މީހުންގެ ތެރެއިން ބައެއް ފަރާތްތައް މީގެތެރޭގައި ހިމެނޭތޯ. މިހެން މި ދެންނެވީ، ބައެއް ފަރާތްތަކޭ މި ދެންނެވީ، މީގެތެރޭގައި 100 އެއްހާ މީހުން އެބަތިބި ޖިންސީ ކުށުގައި އިނގޭތޯ," ރައީސް މުއިއްޒުގެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ޖުމްލަކޮށް ޖިންސީ ތުހުމަތުގައި. ޖިންސީ ކުށް ކޮށްގެން ތުހުމަތުގައި. އެފަރާތްތައް ނުހިމަނާ އިނގޭތޯ. އެ ފަރާތްތައް އަޅުގަނޑު ބޭނުމެއްނޫން، ޓެގް އަޅުވާފައިވެސް ގޭގައި ބަންދުކުރާކަށް،"
ވާނުވާ ބަންދުގައި ތިބި މީހުންނަށް މޮނިޓަރިން ނިޒާމެއްގެ ދަށުން ލުޔެއް ދޭން ނިންމާފައި މި ވަނީ ބައެއް ޖަމިއްޔާތަކުން އެ ކަމަަށް ގޮވާލައި، ވާނުވާ ބަންދު އުވާލަން ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރި ފަހުންނެވެ. އެ މީހުން ވަނީ ރައީސްއާ ބައްދަލުކޮށް، އެ ކަމުގައި އެދޭ ބައެއް ކަންކަން ވެސް ހުށަހަޅާފަ އެވެ.
ޖިންސީ ކުށްތަކުގައި ތިބި މީހުންނަށް ވެސް ބަންދު ލުޔަށް އެދެވޭ، އެކަމަކު ދޫކޮށްލުމުގެ ވިސްނުން ޕީޖީން ނުގެންގުޅޭ ޖިންސީ ކުށްތަކުގައި ތިބި މީހުންނަށް ވެސް ބަންދު ލުޔަށް އެދެވޭ، އެކަމަކު ދޫކޮށްލުމުގެ ވިސްނުން ޕީޖީން ނުގެންގުޅޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ