ބްރިޖުގައި ދެ އެކްސިޑެންޓެއް؛ ތިން މީހަކަށް އަނިޔާ، އެކެއްގެ ފަލަމަސްގަނޑު ބިނދުނު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު (ސިނަމާލެ ބްރިޖު) ގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައިފި އެވެ.
މިރޭ އެކްސިޑެންޓް ހިނގީ ހުޅުލޭ ބްރިޖު ލައިޓް ކައިރީ އެވެ. ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެެއްގެ ފަހަތުގައި ދެ ސައިކަލު ޖެހި މިރޭ އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
މިރޭ 9:48 ހާއިރު އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެެއް އެ ސައިކަލުގައި ޖެހި ހަތަރު ސިގުނަލް ދީގެން މަޑުކޮށްގެން އޮތް ކާރެއްގައި ދެ ސައިކަލި ޖެހިގެން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑުކައިރީން ބިންދައިގެން ގޮސަ އިތުރު އަނިޔާތަކެއްވި އެވެ.
މި ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާ ދެ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ