ބްރިޖް މަތީ ދެ އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާ

ފުލުހުން ބުނީ ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ފުރަތަމަ އެކްސިޑެންޓްވުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކަމަށެވެ. އެގޮތުން، އެވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިނަމާލެ ބްރިޖް މަތީގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 9:48 ހާއިރު ބްރިޖްމަތީގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.ހަތަރު ސިގްނަލް ދީގެން އޮތް އެ ކާރު ފަހަތުގައި ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ އެ ސައިކަލުގައި ވަނީ ޖެހިފަ އެވެ. އެވަގުތު އެ ދެ ސައިކަލު ވެސް ގޮސް ޖެހުނީ އެ ކާރުގަ އެވެ. މި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ ފުރަތަމަ އެކްސިޑެންޓްވުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކަމަށެވެ. އެގޮތުން، އެވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ ދެވަނަ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ ފަލަމަސްގަނޑު ބިންދައިގެން ގޮސް އިތުރު އަނިޔާތައް ލިބިފައިވާ ކަމަށެވެ.މި ދެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ