ކާމިޔާބުކަމާއެކު އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ނިންމާލައިފި
އުރީދޫ މޯލްޑިވްސްއިން ޒުވާނުން ބާރުވެރިކުރުމާއި، ފަންނިއްޔާތާއި ހުނަރާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދިޔަ އުރީދޫ ނޭޝަން ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.ޖުމްލަ 30،000ރ. ގެ ޕްރައިޒްޕޫލަކާ އެކު ބޭއްވި މި ފެސްޓިވަލްގެ ފައިނަލް ރޭ ބޭއްވުނު ރަސްމިއްޔާތުގައި ތިން ގޭމެއްގެ މުބާރާތްތައް ކުރިއަށް ގެންދެވުނެވެ. އެއީ ޕަބްޖީ، ޓެކަން އަދި އީއޭ އެފްސީއެވެ.ޕަބްޖީ މޯބައިލް ގޭމްގެ ބައިން އެއްވަނަ ހޯދީ އެލްއެފް ސްކައިފޯސްއެވެ. ދެވަނަ ހޯދީ އެސްޑީއެމްޒެޑް އެވެ. އަދި ތިންވަނަ ހޯދީ ސިންޑިކޭޓް ޓީމުންނެވެ. ޓެކަންގެ އެއްވަނަ ތަބިޝް ހޯދިއިރު ދެވަނަ ހޯދީ ޔޫހުއެވެ. މި ގޭމްގެ ތިންވަނަ ހޯދީ އަޝްވާންއެވެ. އީއޭ އެފްސީ ގޭމުން އެއްވަނަ ހޯދީ ނައްސާމް އާއި ޔުމާންއެވެ. ދެވަނަ ހޯދީ އިނާން އާއި ޖަނާން އެވެ. އަދި ތިންވަނަ ހޯދީ ޒަޔާން އާއި އަލްޔާންއެވެ.މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ފަންނިއްޔާތާއި ހުނަރާ ބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ. ވަޒީރު ވިދާޅުވީ އީސްޕޯޓްސް ކުރިއެރުވުމަށް ސަރުކާރުން ބޭނުންވަނީ ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ކަމަށާއި، ކުރިއަށް އޮތްތަނުގައި ޒުވާނުންނަށް އީސްޕޯޓްސްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.އުރީދޫން މި ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ޤާއިމުކުރުން ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ