ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް 2020 ވަނަ އަހަރު ފެށި ލޯޔަލްޓީ ޕްރޮގްރާމް، ޕްރިވިލެޖް މޯލްޑިވްސް އަލުން ރީލޯންޗްކޮށްފި އެވެ.
ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޕްރޮވިލެޖްޑް މޯލްޑިވްސް ލޯޔަލްޓީ ކާޑު ރީލޯންޗްކުރީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ އާއި ޕްރިވިލެޖް މޯލްޑިވްސްގެ އަދި ޔޫއައި މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހް އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްގެ މަގުސަދަކީ އެ ޕްރޮގްރާމްގައި ބައިވެރިވާ ވިޔަފާރިތަކާއި ހުނަރުވެރިންނާއި އުފެއްދުންތެރިންނާއި އާޓިސްޓުން އެއް ޕްލެޓްފޯމެއްގެ ތެރެއިން ޕްރޮމޯޓްކުރުމެވެ.
މިގޮތުން ލޯޔަލްޓީ ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ވިޔަފާރިތަކުން އެ ޕްލެޓްފޯމްގެ މެންބަރުންނަށް ޑިސްކައުންޓް ލިބޭނެ މަގުފަހިކުރުމަކީ ވެސް އެ ޕްރޮގްރާމްގެ މަގުސަދެކެވެ. އަދި ހާއްސަ ދުވަސްތަކާ ދިމާކޮށް އެ ޕްލެޓްފޯމްގެ ތެރެއިން ތަފާތު ޕްރޮމޯޝަންތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
ނާސިހް ވިދާޅުވީ ދުވަސްކޮޅަކަށް ކުޑަ މަޑުޖެހުމެއް އައުމަށް ފަހު އަލުން ޕްރިވިލެޖްޑް މޯލްޑިވްސް ރީލޯންޗްކުރީ މާލޭގެ އިތުރުން ރަށްރަށުގެ ވިޔަފާރިތަކާއި ހުނަރުވެރިންނާއި ފަންނުވެރިން ގުޅައިލަދިނުމަށް ކަމަށެވެ.
މީގެ އިތުރުން އެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް ބައިނަލްއަގުވާމީ ލޯޔަލްޓީ ޕްރޮގްރާމްތަކާ ގުޅުން ބަދަހިކުރުމާއި އެއާޕޯޓް ފަދަ ތަންތަނުގެ ލައުންޖްތަކުން ފުރުސަތު ހޯދައިދިނުމާއި އެ ނޫން ވެސް ތަފާތު ގިނަ ކަންތައްތަކެއް ތައާރަފްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްގެ "ޕްރިވިލެޖްޑް" ކާޑުގެ ހިދުމަތްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުންނަށް ވެސް ލިބޭނެ އެވެ. ވިޔަފާރި ކުރަމުންދާ ވަރަކުން ކާޑަށް ޕޮއިންޓް އިތުރު، އެ ޕޮއިންޓްތައް ރެޑީމްކުރެވެ އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއިން ކުރިން ހަމައެކަނި ޑިޖިޓަލް ކާޑެއް ދޫކުރި ނަމަވެސް މިހާރު ޑިޖިޓަލް ލޮގިންއަކާއެކު ފިޒިކަލް ކާޑެއް ވެސް ދޭނެ އެވެ. އެ ކާޑުން ޑިސްކައުންޓް ލިބޭނެ ތަންތަނުގެ ތެރޭގައި މާލެ އާއި ރަށްރަށުގެ ރެސްޓޯރެންޓްތަކާއި ގެސްޓްހައުސްތަކާއި ރިޓެއިލް ފިހާރަތައް ވެސް އިތުރުވާނެ އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއަކީ ކޮވިޑުގެ ދަތި ދުވަސްވަރު ވިޔަފާރިތަކަށާއި ދިވެހި ފަންނާނުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމުގެ މަގުސަދުގައި ފެށި ލޯޔަލްޓީ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް އޮކްޓޯބަރު، 2020، ގައި ހުޅުވާލުމާއެކު ހަތަރު ގަޑިއިރުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ މެންބަރުން ރެޖިސްޓްރީކުރުމަށް ހުށަހެޅި އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސް އަލުން ރީލޯންޗްކޮށްފި ޕްރިވިލެޖްޑް މޯލްޑިވްސް އަލުން ރީލޯންޗްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ