ރޭގެ އެއްވުމުގައި އަނިޔާވި ފުލުސް އޮފިސަރަކަށް ފަރުވާދީފި

ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ އެއްވުމެއްގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އަނިޔާވި ފުލުސް މީހާގެ ލޯމަތި ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުސް އޮފިސަރަށް އަނިޔާވީ، ބުދަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގައި ބައިވެރިންނާ، ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައެވެ. މިހަމަނުޖެހުންތަކުގައި ބައިވެރިވި އެއްވުމުގެ ބައެއް ބައިވެރިން ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ދަނީ އެއްވެ ޝުޢޫރު ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ