ގއ. ކޫއްޑޫން އައިސް ލިބުން މެދުކެނޑުނީ އެ ތަނުގެ އައިސް ޕްލާންޓުގައި ކަރަންޓު މައްސަލައެއް ދިމާވެގެން ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކޫއްޑޫން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތަފްސީލް - އެކަމާ ގުޅޭ ގޮތުން މިފްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ސައީދު މިއަދު ވިދާޅުވީ:
ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އެބަދޭ
"[ގދ.] ގައްދޫ އަދި ތިނަދޫ އައިސް ޕްލާންޓުގެ މައްސަލަ ދެނެގަނެ، އެކަން ހައްލުކުރުމަށް އިންޖިނިއަރުން ދަނީ ހަރަކާތްތެރިވަމުން،" މިފްކޯގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އިބްރާހިމް ސައީދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މިދިޔަ އޯގަސްޓް 29 އިން ފެށިގެން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް، ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޫކުރަން ވަނީ ފަށާފަ އެވެ.
އައިސް ލިބުން މެދުކެނޑުނީ ކަރަންޓު މައްސަލައެއް ދިމާވެގެން: މިފްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ