ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބަ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް 'ފޯރި ލަކީޑްރޯ' ޕްރޮމޯޝަން މި ފުޓްބޯޅަ މޫސުމާ ދިމާކޮށް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ފުޓްބޯޅަ މޫސުމުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތެއް ބާއްވާނެ އެވެ.
ތަފްސީލް - ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:
32 ވަނަ ރައުންޑް: 32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ
16 ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭބީއެލް ޓިއުން 730ބީޓީ ހެޑްފޯން
ކުއާޓަ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭބީއެލް ކްލިޕް 5 ސްޕީކަރު
ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން
ފައިނަލް: 1 ނަސީބުވެރިއަކަށް 65 އިންޗީގެ ޓީސީއެލް 4ކޭ ސްމާޓް ޓީވީ
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިގޮތުން:
ދިރާގުއެޕްގައިވާ 'ޖެހީ ލިބުނީ'ން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އާ ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެ
ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100ރ. އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކޮށްގެން ބައިވެރިވެވޭނެ
ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް 'ފޯރި ލަކީ ޑްރޯ'ގައި ބައިވެރިވެވޭނެ
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މިފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.
ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުން އަންނަ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރި އާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
ދިރާގު ފޯރި ލަކީޑްރޯ: 65 އިންޗީގެ ޓިވީ އާއި އަގުހުރި އިނާމުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ