ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އާދިލް ނިޔާވެއްޖެ ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އާދިލް ނިޔާވެއްޖެ

ގައުމީ ވޮލީބޯޅަ ޓީމަށް ކުރިން ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިޔާ، އިބްރާހިމް އާދިލް (ކޮއްކޮ)، މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
އުމުރުން 48 އަހަރުގައި އާދިލް މިއަދު ނިޔާވިއިރު، އޭނާ އައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އާދިލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މއ. އާސަހަރާ މިސްކިތުގަ އެވެ.
އާދިލް އަކީ ރާއްޖޭގެ ގައުމީ އިންޑޯ ވޮލީބޯޅަ ޓީމަށާއި ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި، މަތީ ފަންތީގައި ގިނަ އަހަރުތަކެއް ވަންދެން ވޮލީބޯލަ ކުޅުނު އާދިލް ވަނީ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތްތަކާއި އަތޮޅު ތެރޭގެ މުބާރާތްތަކުގައި ކުޅުމުގެ އިތުރުން، ވެޓަރަންސް ވޮލީބޯޅަ މުބާރާތްތަކުގައި ވެސް ދާދި ފަހުން ކުޅެފަ އެވެ.
ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ އާދިލް، އެންމެ ފަހުން ގައުމީ ލެވަލްގެ މުބާރާތެއްގައި ފާހަގަކުރެވުނީ، މީގެ ދެ ވަރަކަށް އަހަރު ކުރިން ކްލަބް ވެމްކޯ އަށް ކުޅުނުއިރު އެވެ. އޭނާ ވަނީ ރާއްޖޭގެ ވޮލީބޯޅައިގައި އެކި ޓީމުތަކަށް ކުޅެމުން ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ ވިމެންސް ކާވާ ކަޕް ވޮލީބޯޅަ މުބާރާތުގައި މިރޭ ރާއްޖެ އާއި އަފްގާނިސްތާން ބައްދަލުކުރި މެޗުގައި، އާދިލްގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ