މާލޭގައި ފެންބޮޑުވެއްޖެ؛ ކުރިއަށް ވެސް އޮތީ ބޯކޮށް ވިއްސާރަ

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) ވަނީ ބުނެފަ އެވެ.
ރެއިން ފެށިގެން މާލެއަށް ބޯކޮށް ވިއްސާރަކުރަމުންދާއިރު، ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި، ވާރޭވެހި ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތަފްސީލް - މެޓް އޮފީހުން މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އިއްޔެގެ ހެނދުނު 8 އިން މިއަދު ހެނދުނު 8އާ ހަމައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހުޅުލެ އަދި މާލެ އަށެވެ.
އެގޮތުން، އެންމެ ބޯކޮށް ވާރޭވެހުނީ:
ހުޅުލެ - 85.3 މިލިމީޓަރު
މާލެ - 84.2 މިލިމީޓަރު
އދ. މާމިގިލި - 74.5 މިލިމީޓަރު 
ހުޅުމާލެ - 72.5 މިލިމީޓަރު
ހދ. ކުޅުދުއްފުށި - 67.3 މިލިމީޓަރު
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖެގެ އެކި ހިސާބަށް ވިއްސާރަ ކުރުމާ އެކު ގުގުރާނެ ކަމަށެވެ. އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހެން އެކަށީގެންވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 9 އިން މެންދުރު 3އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
މެޓުން ބުނި ގޮތުގައި:
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ
އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ