ދުނިޔޭގެ ގިނަ ބްރޭންޑްތަކުން ބައިވެރިވާ "އެޕޮލޮޖީ ޓްރެންޑް" ގައި އުރީދޫ މޯލްޑިވްސް އިން ވެސް ބައިވެރިވެއްޖެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ނަކަލުކުރާ މި ޓްރެންޑަކީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ ޓްރެންޑެކެވެ.
މި އަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ފޯމެޓު ބޭނުންކޮށް މައާފަށް އެދިފަ އެވެ.
އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަން އަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއި އެކު މަޖާ ކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެން ދިޔަ ކަމަށެވެ.
އެއާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް މިއަދު މެންދުރުފަހު 2:00 ގައި ފަށާނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯ މީޓަރުގެ ދުވުމަކީ އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްތަނަކަށް އެއްކޮށްލައިގެން ބާއްވާ ފޯމް ޕާޓީތަކާއި، ކަލަރ ތްރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ.
އުރީދޫއިން ވެސް "އެޕޮލޮޖީ ޓްރެންޑް" ގައި ބައިވެރިވެއްޖެ އުރީދޫއިން ވެސް "އެޕޮލޮޖީ ޓްރެންޑް" ގައި ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ