ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.
ޝިޔާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އެވެ. އެކަން އެމްޑީޕީއިން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޝިޔާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެން މިއަދު ވަނީ މެމްބަރޝިޕް ފޯމު އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަދި އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ހަވާލުކޮށްދެއްވާފައެވެ.
ޝިޔާން އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ބައިބައިކޮށް އުފެއްދި ދި ޑިމޮކްރެޓްސް އުފެއްދެވުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ޝިޔާންގެ އިތުރުން އެމްޑީޕީއިން ވަކިވެވަޑައިގެން ދި ޑޮމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ވެސް ވަނީ އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.
ތޮއްޑޫ ދާއިރާގެ މެންބަރުވެސް އަލުން އެމްޑީޕީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ